ޓްރަމްޕްގެ ލީޑަޝިޕާ ނުލައި ނޭޓޯ ނޯންނާނެ ކަމަށް އޭނާ ބުނެފި
އޭނާގެ އިސްނެންގެވުމާއި ލީޑަޝިޕާ ނުލައި ނޭޓޯ އެއް ނޯންނާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
މީސް މީޑިއާ އާއި ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، ނޭޓޯގެ ކުރިއެރުމަށް އޭނާއަށްވުރެ ބޮޑު މަސައްކަތެއް ކުރި އެހެން ލީޑަރަކު ނެތް ކަމަށެވެ. އަދި އޭނާ ގެންގުޅުއްވި ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން، އިއްތިހާދުގެ ގައުމުތަކުން އަސްކަރީ ކަންކަމަށް ހޭދަކުރަން އެއްބަސްވެފައިވާ މިންވަރަށް ފައިސާ ދެއްކުމަށް މަޖުބޫރުވި ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
މީގެ އިތުރުން، ކަނޑައެޅިފައިވާ މިންވަރަށް ހޭދަނުކުރާ ގައުމުތައް ދިފާއުކުރުމުގައި އެމެރިކާއިން އަދާކުރާ ދައުރާ މެދު އަލުން ވިސްނާނެ ކަމުގެ އިންޒާރު ވެސް އޭނާ ތަކުރާރުކޮށް ދީފަ އެވެ.
ޔޫރަޕްގެ ލީޑަރުން ވަނީ ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެއްވައި، ނޭޓޯގެ ވަރުގަދަކަން ބިނާވެފައިވަނީ ވަކި ފަރުދެއްގެ ލީޑަޝިޕަށްވުރެ ބޮޑަށް، އެންމެން ގުޅިގެން ކުރާ މަސައްކަތުގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ.
1949 ވަނަ އަހަރު އުފެއްދި ނޭޓޯގައި މިހާރު 31 ގައުމެއް ހިމެނޭއިރު، އެ އިއްތިހާދުގެ އަސްކަރީ އަދި އިސްތިރާތީޖީ އޮނިގަނޑުގައި އެމެރިކާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ގައުމެކެވެ.






ރިއެކްޓް