ދުނިޔެ

ޝައިހް ހަސީނާ މަރަން ހުކުމްކޮށްފި

17 ނޮވެންބަރު 2025 - 17:02
ޝައިހް ހަސީނާ މަރަން ހުކުމްކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ މެރުމަށް އެ ގައުމުގެ ހާއްސަ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

ހަސީނާގެ ޣައިރު ހާޒިރުގައި ކުރުވުނު މި ހުކުމުގައި އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގި ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު ވެރިކަމުން ވެއްޓުމުން ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ. ހަސީނާގެ ވެރިކަން ވައްޓާލީ އެގައުމުގެ ރައްޔިތުން މަގުމައްޗަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރުމަށް ފަހުއެވެ.

މި މުޒާހަރާތަކުގެ ތެރެއިން ދަރިވަރުން ކުރި މުޒާހަރާތައް ރޫޅާލަން މީހުން މެރުމަށް ބަޑިޖެހުމަށް ހަސީނާ ވަނީ އަމުރުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0