ދުނިޔެ

ޔޫއޭއީ އާއި އެމެރިކާއާ ދެމެދު 200 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއް ގާއިމުކުރަނީ

ވައިޓްހައުސްއިން ބުނި ގޮތުގައި ޓްރަމްޕުގެ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން ވަނީ ރަނގަޅުވެފަ

މޭ 19, 2025 - 00:05
ޖޫން 30, 2025 - 23:31
 0
ޔޫއޭއީ އާއި އެމެރިކާއާ ދެމެދު 200 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއް ގާއިމުކުރަނީ
ފޮޓޯ: ސީއެންއެން

އަބޫދާބީ، ޔޫއޭއީ (މެއި 15) - ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އާއި އެމެރިކާއާ ދެމެދު 200 ބިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކެއް ގާއިމުކުރަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގަލްފްގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެންމެ ފަހު ގައުމަކަށް ވަޑައިގެންނެވީ ޔޫއޭއީއަށެވެ.

އެ ގައުމުގެ ރައީސް ޝެއިހު މުހައްމަދު ބިން ޒައިދު އަލް ނަހުޔާންއާ އެކުގައި ރައީސް ޓްރަމްޕު ބޭއްވި ބައްދަލުވުމަށް ފަހު ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި ދެ ގައުމުގެ ގުޅުން މި ދަތުރާއެކު އިތުރަށް ވަނީ ބަދަހިވެގެންގޮސްފަ އެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ޔޫއޭއީގެ އެތިހާދު އެއާވޭސްއިން އެމެރިކާގެ ބޮއިން ކުންފުނީގެ 787 އަދި 777X މަރުކާގެ ބޯޓުއް ގަތުމަށް 14.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހިމެނެ އެވެ. ހަމައެހެންމެ، ޑިފެންސް ދާއިރާއިން 42 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމުކުރަން ވެސް ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ބޮޑެތި އިންވެސްޓްމަންޓުތަކެއް ކުރަން ވަނީ ހަމަޖެހިފަ އެވެ. ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމުގެ ޔަގީންކަން ޔޫއޭއީ އިން ވަނީ ދީފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0