ދުނިޔެ , ޚަބަރު

ޓްރަމްޕުގެ އިންޒާރެއް ޖަޕާނަށް: ޓެރިފް 35 އިންސައްތައަށް އިތުރުކުރާނަން

ޖުލައި 2, 2025 - 22:02
ޖުލައި 2, 2025 - 22:13
 0
ޓްރަމްޕުގެ އިންޒާރެއް ޖަޕާނަށް:  ޓެރިފް 35 އިންސައްތައަށް އިތުރުކުރާނަން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އަލްޖަޒީރާ

ދެގައުމުގެ މެދުގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ޖަޕާނުގެ މުދަލުން ނަގާ ޓެރިފް 30-35 އިންސައްތައަށް އިތުރުކުރާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

މި އިންޒާރަކީ އޭޕްރިލްގައި ޖަޕާނަށް ކަނޑައެޅުނު 24 އިންސައްތައިގެ ޓެރިފްއަށް ވުރެ މާ ބޮޑު އަދަދެކެވެ. އެމެރިކާއާއެކު އެއްބަސްވުންތައް ހެދުމަށް ގައުމުތަކަށް ދިން 90 ދުވަހުގެ މުއްދަތު ހަމަވަނީ މި މަހުގެ 9 އަށް ކަމަށާއި، އެ މުއްދަތު އިތުރުކުރަން ރާވާފައި ނުވާ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

މިހާރު ވެސް ޖަޕާނުން އެމެރިކާއަށް އެކްސްޕޯޓްކުރާ ގިނަ މުދަލުން 10 އިންސައްތައިގެ ޓެކްސް ނަގާއިރު، ޖަޕާނުގެ އުޅަނދުތަކާއި އޭގެ ބައިތަކުން 25 އިންސައްތައިގެ އިމްޕޯޓް ޓެކްސް ނެގެއެވެ. އަދި ދަގަނޑާއި އެލްމިނިއަމްއިން 50 އިންސައްތައިގެ ޓެރިފް ނެގެމުންދެއެވެ.

ޖަޕާނާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމާމެދު ޓްރަމްޕް ވަނީ ޝައްކު އުފައްދާފައިވާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަޕާނުގެ ސަރުކާރުން ވަނީ ޓްރަމްޕް ދިން ޓެރިފް ބޮޑުކުރުމުގެ އިންޒާރާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0