ށ. މިލަންދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ށ. މިލަންދޫގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެރަށު ފައިބަރު މަސައްކަތް ކުރުމަށް ޑިންގި އަޅާފައިވާ ސަރަހައްދުގައެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ދަނީ އަނދަމުންނެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ރަށުގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުންދަނީ އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށާއި، އެ ސަރަހައްދުގައި ހުރި މުދަލާއި ތަކެތި ސަލާމަތް ކުރުމަށެވެ. މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
އިތުރު ތަފްސީލް އަންނަނީ......






ރިއެކްޓް