ޚަބަރު

ހިމަބިއްްސަށް ޕޮޒިިޓިވް ވީ މީހުންގެ އަދަދު 9 އަކަށް އަރައިފި

26 މޭ 2026 - 20:23
ހިމަބިއްްސަށް ޕޮޒިިޓިވް ވީ މީހުންގެ އަދަދު 9 އަކަށް އަރައިފި

ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ހިމަބިހި (މީސްލްސް) އަށް ރާއްޖެއިންް ޕޮޒިޓިވް ވީމީހުންގެ އަދަދު 9 އަކަށް އަރައި މި ބަލި ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އުފެދިއްޖެއެވެ.

ރާއްޖެއިން މީގެ ކުރިން ނައްތާލާފައިވާ މި ބަލި ޖެހިފައިވާ މީހުންގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. މިއަދު ޕޮޒިޓިވްވި ދެ މީހުނާއެކު 9 އަކަށް ހިމަބިހީގެ ކޭސްގެ އަދަދު އަރާފައިވާއިރު އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތެއް ފެންނަނަމަ ވީހަވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނެއެވެ.

މި ބަލި ޖެހެނީ، ހިމިބަހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން ނުކުންނަ މާއްދާތައް އަނެކާގެ ނޭވާލާ ނިޒާމަށް ވާސިލުވުމުން ނުވަތަ އަސަރުކުރުމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0