ދުނިޔެ

ހަނގުރާމާގައި ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ދީފި

4 މާރިޗު 2026 - 07:58
ހަނގުރާމާގައި ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ދީފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ދީފައިވާކަން އެ ގައުމުން ކަށަވަރުކޮށްދީފިއެވެ.

ބޮޑުވަޒީރު ކިއަރަސްޓާމާ ވިދާޅުވި ގޮތުގައި، މި ހުއްދަ ދީފައިވަނީ "ލިމިޓެޑް އެންޑް ޑިފެންސިވް" ނުވަތަ ދިފާއީ އަދި ވަކި މިންވަރެއްގެ އޮޕަރޭޝަންތަކަކަށެވެ. އިނގިރޭސި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ މި މަރުކަޒަކީ، ތާރީހީ ގޮތުން ބަލާއިރު ސަރަހައްދީ އަސްކަރީ ހަރަކާތްތަކުގައި ލޮޖިސްޓިކް ގޮތުން މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.

އިނގިރޭސިވިލާތުން ސީދާގޮތެއްގައި ހަމަލާދިނުމުގެ އޮޕަރޭޝަންތަކުގައި ބައިވެރިނުވާކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް، ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ ދިނުމަކީ ފުޅާވަމުންދާ މި ހަނގުރާމައިގައި އިނގިރޭސިވިލާތުގެ ބައިވެރިވުން ބޮޑުވެގެންދިޔަ ކަމެކެވެ.

ޑިއޭގޯ ގާސިއާގެ އަސްކަރީ ހަރަކާތްތައް އިތުރުވުމާއެކު، އިންޑިއާ ކަނޑުގެ ސަރަހައްދު މި ހަނގުރާމައިގެ ތެރެއަށް ވަދެގެންދާއިރު، އެ މަރުކަޒާ ކައިރީގައި އޮތް ދިވެހިރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0