އީރާނުން އެމެރިކާ ސިފައިންގެ ތިން މީހަކު މަރާލައިފި
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދޭން ފަށާފައިވާ ހަމަލާތަކުގައި އެމެރިކާ ސިފަިއންގެ 3 މީހަކު މަރާލައިފިއެވެ.
މެދުއިރުމަތީގައި ގާއިމުކޮށްްފައިވާ އެމެރިކާގެ މަރުކަޒީ ކޮމާންޑުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެ ކޮމާންޑުން މީޑިއާއަށް ހާމަކުރި މަޢުލޫމާތުގައި ބުނި ގޮތުގައި މި ހަމަލާތަކުގައި 3 ސިފައިން މަރުވެ 5 ސިފައިންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.
އީރާނުން ވަނީ މިއަދުގެ ވަގުތެއްގައި އިޒްރޭލުގެ ބައެއް އަވަށްތަކަށްވެސް މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އިޒްރޭލުގެ 9 މީހަކު މަރާލާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދޭން ފަށާފައިވާ ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއި އާއި އާއިލީ ބައެއް ބޭފުޅުން އަދި އީރާނުގެ ބައެއް އިސް އޮފިޝަލުން އަވަހާރަވުމުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ އެމެރިކާއާިއ އީރާނުގެ ކިބައިން އޭގެ ބަދަލު ހިފާނެކަން އިޢުލާން ކޮށްފައެވެ.






ރިއެކްޓް