ދުނިޔެ

ދުނިޔޭގެ އެންމެ ފުރަތަމަ "ގޯލްޑް ސްޓްރީޓް" ދުބާއީގެ ގޯލްޑް ޑިސްޓްރިކްޓްގައި ހުޅުވައިފި

1 ފެބްރުވަރީ 2026 - 10:00
ދުނިޔޭގެ އެންމެ ފުރަތަމަ "ގޯލްޑް ސްޓްރީޓް" ދުބާއީގެ ގޯލްޑް ޑިސްޓްރިކްޓްގައި ހުޅުވައިފި

ރަނާއި ގަހަނާގެ ވިޔަފާރީގައި ދުނިޔޭގެ މަރުކަޒެއްގެ ގޮތުގައި ދުބާއީން ދަމަހައްޓަމުންދާ މަގާމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އެ ސިޓީން މިހާރު ވަނީ "ދުބާއީ ގޯލްޑް ޑިސްޓްރިކްޓް" ރަސްމީކޮށް އިފުތިތާހުކޮށް، ދުނިޔޭގެ ފުރަތަމަ "ގޯލްޑް ސްޓްރީޓް" ދައްކާލާފަ އެވެ.

މި މަޝްރޫއަކީ ރީޓެއިލް، ހޯލްސޭލް، ރަނުގެ މުއާމަލާތްތައް އަދި އިންވެސްޓްމަންޓް ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ސަރަހައްދެކެވެ. މީގެ ތެރެއިން "ގޯލްޑް ސްޓްރީޓް" އަކީ މި ސަރަހައްދުގެ މައި ހިތެވެ. މި މަގު ފަރުމާކޮށްފައިވަނީ ރަނުގެ ވިދުމާއި ރީތިކަން ރަމްޒުކޮށްދޭ ފަރުމާތަކާއެކުގަ އެވެ. އަދި ބައިނަލްއަގުވާމީ ގަންނަ ފަރާތްތަކާއި ފަތުރުވެރިންނަށް ހާއްސަ، މަތީ ފަންތީގެ ގަހަނާ ފިހާރަތައް މި ސަރަހައްދުން ފެނިގެންދާނެއެވެ.

ދުބާއީގެ ދޭރާގައި ހުންނަ ތާރީހީ ގޯލްޑް ސޫގު (ރަން ބާޒާރު) އާ ކައިރީގައި ގާއިމުކޮށްފައިވާ މި ސަރަހައްދުގައި 1,000 އަށްވުރެ ގިނަ ވިޔަފާރިވެރިން ހަރަކާތްތެރިވާނެ ކަމަށް ބެލެވެ އެވެ.

މިއީ ދުބާއީގެ ޒަމާންވީ ވިޔަފާރީގެ އާދަކާދަތަކާއި ޒަމާނީ ތަރައްގީ އާއި މުއްސަނދިކަން ފުރިހަމައަށް އެކުލެވިގެންވާ ގޮތަށް ބިނާކޮށްފައިވާ ތަނެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0