ދުނިޔެ , ޚަބަރު

ޔޫކްރެއިނުގެ ލުހާންސްކު ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފި

ޔޫކްރެއިންގެ 19 އިންސައްތަ ފާއިތުވީ 3 އަހަރުގެ ތެރޭގައިވަނިީ ރަޝިއާގެ ބާރުގެ ދަށަށް ގެންގޮސްފަ

ޖުލައި 2, 2025 - 07:30
 0
ޔޫކްރެއިނުގެ ލުހާންސްކު ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފި
ރަޝިއާގެ ސިފައިންތަކެއް -- ފޮޓޯ: ގޫގުލް

ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދު ކަމަށްވާ ލުހާންސްކު، ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

މިއީ ރަޝިޔާގެ ސިފައިން ޔޫކްރެއިންގައި ހަނގުރާމަ ފެށިތާ ތިން އަހަރު ފަހުން އެޤައުމަށް ލިބުނު ކާމިޔާބީއެކެވެ.

ރަޝިޔާގެ އިސް އޮފިޝަލެއް ކަމަށްވާ ލިއޮނިޑް ޕަސެޝްނިކް ވިދާޅުވި ގޮތުގައި 26،700 އަކަ ކިލޯމީޓަރުގެ ލުހާންސްކު މިހާރު އޮތީ ރަޝިޔާގެ 100 އިންސައްތަ ފުރިހަމަ ބާރުގެ ދަށުގައެވެ. މިއީ 2014 ވަނަ އަހަރު ރަޝިޔާއިން ކަރައިމީއާ އިސްތިއުމާރު ކުރި ފަހުން އެ ޤައުމުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައި ފުރަތަމަ ސަރަޙައްދެވެ.

ޔޫކްރެއިންގެ ބުނަނީ "ރަޝިޔާއިން ލުހާންސްކްއާއި އެހެން ސަރަޙައްދުތަކަށް ކުރާ ދައުވާއަކީ އެއްވެސް އަސާސެއް ނެތް އަދި ޤާނޫނާ ޚިލާފު ދައުވާތަކެއް" ކަމަށެވެ. އަދި މި ސަރަޙައްދުތަކުގެ މައްޗަށް ރަޝިޔާއިން ކުރާ ދައުވާ ދުވަހަކު ވެސް ބަލައިނުގަންނާނެ ކަމަށް ވަނީ ވައުދުވެފައެވެ.

ލުހާންސްކުގެ ތާރީޚަށް ބަލާއިރު، އެއީ އެއް ޒަމާނެއްގައި ރަޝިޔާގެ ބައެކެވެ. 1922 ވަނަ އަހަރު އެ ސަރަޙައްދު ހިމެނުނީ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައެވެ. 2014 ވަނަ އަހަރު ޔޫކްރެއިންގެ ރަޝިޔާއަށް ތާއީދުކުރާ ރައީސްގެ ވެރިކަން ނިމުމާ ގުޅިގެން، ދޮނެސްކްއާއި ލުހާންސްކު ވެގެން ދިޔައީ ދެ ޤައުމުގެ ދެމެދުގައި އަރާރުންވާ ސަރަޙައްދުތަކަކަށެވެ.

މިހާރު ބައިނަލްއަޤްވާމީ ގޮތުން ޔޫކްރެއިންގެ ސަރަޙައްދުތައް ކަމަށް ޤަބޫލުކުރާ އެ ޤައުމުގެ 19 އިންސައްތަ އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. މީގެ ތެރޭގައި ދޮނެސްކް، ޒަޕޮރިއްޒިޒާ، ކެއާސަންގެ 70 އިންސައްތަ އަދި ޚާކިވް، ސޫމީ އަދި ނިޕްރޮޕެޓްރޮވްސްގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0