ދުނިޔެ , ޚަބަރު

އީރާނުން އިޒްރޭލުގެ ސްޓޮކް އެކްސްޗޭންޖް އިމާރާތަށް ހަމަލާދީފި

އީރާނުން އިޒްރޭލުގެ ސްޓޮކް އެކްސްޗޭންޖް އިމާރާތަށް ހަމަލާދީފި

ޖޫން 19, 2025 - 15:53
ޖުލައި 1, 2025 - 03:10
 0
އީރާނުން އިޒްރޭލުގެ ސްޓޮކް އެކްސްޗޭންޖް އިމާރާތަށް ހަމަލާދީފި
އިޒްރޭލުގެ ސްޓޮކް އެކްސްޗޭންޖް ބިލްޑިންގ -- ފޮޓޯ: ރޮއިޓާރސް

އީރާނުން އިޒްރޭލުގެ ސްޓޮކް އެކްސްޗޭންޖް އިމާރާތަށް ހަމަލާދީފިއެވެ.

ތެލްއަވީވްގައި ހުންނަ މި އިމާރާތަށް އީރާނުގެ މިސައިލް ހަމަލާއެއް އަމާޒުވެފައިވާއިރު މި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވެއެވެ.

އިޒްރޭލުގެ ހަބަރުފަތުރާ ވަސީލަތްތަކުންވެސް މި ހަބަރު ކަށަވަރުކޮށްދެމުން ބުނެފައިވަނީ އެ އިމާރާތުގެ ތެރޭގައި މީހުން ތާށިވެފައި ތިބެދާނެކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

ސޯޝަލްމީޑިއާގައި ޢާއްމުވެފައިވާ ވީޑިއޯތަކުން އެ އިމާރާތުން ގިނަ އަދަދަކަށް ދުންއަރަމުންދާ މަންޒަރު ފެނެއެވެ.

ސްޓޮކް އެކްސްޗޭންޖް އިމާރާތުގެ އިތުރުން އިޒްރޭލުގެ ހޮސްޕިޓަލަކަށްވެސް އީރާނުގެ މިސައިލް ހަމަލާއެއް ވަނީ އަމާޒުވެފައެވެ. އީރާނުން ބުނެފައިވަނީ އެ ހޮސްޕިޓަލުގެ އަޑީގައި އިޒްރޭލުން އަސްކަރީ ބޭސްއެއް ގާއިމުކޮށްފައިވާކަމަށެވެ.

އީރާނާއި އިޒްރޭލުގެ މަޝްރަހު ހޫނުވެފައި މިވަނީ މިމަހުގެ 13 ވަނަ ދުވަހު އިޒްރޭލުން އީރާނަށް ވައިގެ ހަމަލާތަކެއްދީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލުމުންނެވެ. އީރާނުން ވަނީ މި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން "އޮޕްރޭޝަން ޓްރޫ ޕްރޮމިސް 3" ގެ ނަމުގައި އިޒްރޭލަށް ސިލްސިލާ ގޮތެއްގައި ހަމަލާދޭން ފަށާފައެވެ.

މިގޮތުން އީރާނުން ވަނީ ޑްރޯންއާއި މިސައިލް ހަމަލާތަކެއް އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ދީފައެވެ. މިގޮތުން އިޒްރޭލުގެ ހައިފާގެ މުހިއްމު އެއާޕޯޓަކާއި ތެޔޮ ރިފައިންކުރާ ޕްލާންޓަކަށް އީރާނުން ވަނީ ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އީރާނުން މެދުކެނޑުމެއްނެތި އިޒްރޭލަށް ހަމަލާދެމުންދާތާ 6 ދުވަސް ވޭތުވެގެން ދިޔައިރު, އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އިޒްރޭލުން ޤާއިމުކޮށްފައިވާ މިސައިލުން ދިފާޢުވާ ނިޒާމު "އަޔަން ޑޯމް" އަދި އިތުރު ދެ ދިފާޢި ނިޒާމެއް ފޫއަޅުވާލާފައި އީރާނުން ދެމުންދާ ބެލެސްޓިކް މިސައިލް ހަމަލާތައް ދަނީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންނެވެ. މިގޮތުން އީރާނުން އިޒްރޭލަށް ދިން އެންމެ ވަރުގަދަ ހަމަލާ ދީފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0