ދުނިޔެ

އިޒްރޭލުން ޣައްޒާގެ ޑޮކްޓަރަކާއި އޭނާގެ ދަރިން ޝަހީދުކޮށްލައިފި

ޖުލައި 5, 2025 - 20:46
 0
އިޒްރޭލުން ޣައްޒާގެ ޑޮކްޓަރަކާއި އޭނާގެ ދަރިން ޝަހީދުކޮށްލައިފި
ފޮޓޯ: ދަ ގާޑިއަން

އިޒްރޭލުން ޣައްޒާގެ ޑޮކްޓަރަކާއި އޭނާގެ ތިން ދަރިން ޝަހީދުކޮށްލައިފިއެވެ.

ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މޫސާ ހަމްދާން އާއި އޭނާގެ ތިން ދަރިން އިޒްޜޭލުން ޝަހީދުކޮށްލީ ޣއްޒާގެ ދެކުނުގައި ދިން ވައިގެ ހަމަލާއެއްގައެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި، މި ހަމަލާ ދީފައިވަނީ އަލްމަވާސީ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓަކަށް އަމާޒުކޮށެވެ. މި ހަމަލާގައި ޑރ. ޚަފާޖާގެ އާއިލާގެ އިތުރު މެންބަރުންވެސް ޝަހީދުވެފައިވާ ކަމަށް ވެއެވެ.

މިއީ އިސްރާއީލުން "ހިއުމެނިޓޭރިއަން ޒޯން" އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެއްގައި ދިން ހަމަލާއެކެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޣައްޒާގައި 1،580 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިން ޝަހީދުކޮށްލާފައިވާއިރު, މީގެ ތެރޭގައި 90 ޑޮކްޓަރުންނާއި 132 ނަރުހުން ހިމެނެއެވެ.

މީގެ އިތުރުން، މީގެ ތިން ދުވަސް ކުރިން ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ 17 ޖަންކްޝަން ކައިރީގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އިންޑޮނޭޝިއަން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މަރުވާން އަލް ސުލްތާނާއި އޭނާގެ އާއިލާވެސް ވަނީ ޝަހީދުކޮށްލާފައެވެ.

މި ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ. ހަނގުރާމައިގެ ވަގުތުގައިވެސް މެޑިކަލް މުވައްޒަފުންނާއި މެޑިކަލް ފެސިލިޓީތައް ރައްކާތެރިކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ލާޒިމު ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0