ދުނިޔެ

އިސްރާއީލުން ގާޒާގައި މަސައްކަތްކުރާ ނޫސްވެރިއަކު ޝަހީދުކޮށްލައިފި

8 އޭޕްރީލް 2026 - 23:09
އިސްރާއީލުން ގާޒާގައި މަސައްކަތްކުރާ ނޫސްވެރިއަކު ޝަހީދުކޮށްލައިފި
ފޮޓޯ: އަލްޖަޒީރާ

ގާޒާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ އަދި އަލްޖަޒީރާގެ ކޮރެސްޕޮންޑެންޓް މުޙައްމަދު ވިޝާހް ޝަހީދުވެއްޖެއެވެ.

ސަރަހައްދީ ރިޕޯޓްތައް ބުނާގޮތުން އޭނާ ދަތުރުކުރި އުޅަނދަށް އަމާޒުކޮށް ހަމަލާދީފައިވަނީ ޑްރޯންއަކުން ކަމަށް ބެލެވުނު ނަމަވެސް، މިކަމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

ގާޒާގެ ކަމާބެހޭ ފަރާތްތަކުން އިސްރާއީލުން ގަސްދުގައި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދޭކަމަށް ތުހުމަތުކޮށްފައިވާއިރު، އިސްރާއީލުން މީގެ ކުރިން ވަނީ އެފަދަ ތުހުމަތުތައް ދޮގުކޮށްފައެވެ. އިސްރާއީލުން ބުނާގޮތުގައި އެގައުމުން ހަމަލާދެނީ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުންހުރި ފަރާތްތަކަށެވެ.

މި ހާދިސާއާ ގުޅޭގޮތުން އިސްރާއީލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ވިޝާހްގެ މަރާއެކު، 2023 އޮކްޓޯބަރުން ފެށިގެން ޝަހީދުވި ނޫސްވެރިންގެ އަދަދު އިތުރުވެފައިވާއިރު، ހަނގުރާމަ ކުރިއަށްދާ ވަރަކަށް ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އަނެއްކާވެސް އިތުރުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0