ޓެކްނޮލޮޖީ , ލައިފްސްޓައިލް , ޚަބަރު

އެޕަލްއާ ވާދަކުރުމަށް ސެމްސަންގުން އެންމެ ތުނި ސްމާޓްފޯނު ނެރެފި

އެޕަލްއާ ވާދަކުރުމަށް ސެމްސަންގުން އެންމެ ތުނި ސްމާޓްފޯނު ނެރެފި

މޭ 17, 2025 - 23:33
ޖޫން 30, 2025 - 23:11
 0
އެޕަލްއާ ވާދަކުރުމަށް ސެމްސަންގުން އެންމެ ތުނި ސްމާޓްފޯނު ނެރެފި
ސެމްސަންގް އިން އަލަށް ނެރުނު ސްލިމް ފޯނު

ސެމްސަންގް އިން އެކުންފުނީގެ އެންމެ ތުނި ފްލެގްޝިޕް މޮޑެލް، ގެލެކްސީ އެސް 25 އެޖް، އެޑްވާންސްޑް ފީޗަރތަކާއެކު ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މިއީ މިއަހަރު އެޕަލް އިން ނެރެން ތައްޔާރުވަމުންދާ ކަމަށް ބުނާ އާދަޔާއިހިލާފަށް ތުނި އެޕަލް އައިފޯން-17 އެއާ އާއި ވާދަކުރަން ބާޒާރަށް ނެރުނު ފޯނެކެވެ.

ދެކުނު ކޮރެއާގެ ޓެކްނޮލޮޖީ ކުންފުނިން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ގެލެކްސީ އެސް 25 އެޖް ތަޢާރަފްކުރުމުގެ މަޤްޞަދަކީ އިތުރުވަމުންދާ ޑިމާންޑަށް އަމާޒުކޮށް އެޕަލްއާ ވާދަކުރުމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ސެމްސަންގް އިން ތައާރަފް ކުރި ފޯން ވާނީ ތުނި ފޯންތައް ބޭނުންވެފައިވާ މީހުން އައިފޯން ގަތުމަށް އޮތް ޑިމާންޑް ސެމްސަންގް އާއި ދިމާއަށް އަނބުރާލާނެ ފޯނަކަށެވެ.

އެން.އެޗް އިންވެސްޓްމަންޓް އެންޑް ސެކިއުރިޓީޒްގެ ސީނިއަރ އެނަލިސްޓް ރިޔު ޔަންގް-ހޯ ބުނީ، ސެމްސަންގްގެ އާ ފޯން އެޕަލްގެ ފޯން ނެރުމުގެ އެތައް މަހެއް ކުރިން ނެރުމުން، ސެމްސަންގްއަށް އެޕަލްއަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރުވައި، ތުނި ސްމާޓްފޯނަށް ޝައުޤުވެރިވާ ކަސްޓަމަރުން އަތުލެވިދާނެއެވެ. މިއީ އެ ޑިމާންޑްގެ ބައެއް ހޯދުމަށް ނިންމާފައިވާ ވިސްނުންތެރި ނިންމުމެއް ކަމަށް އޭނާ ބުންޏެވެ.

އެސް 25 އެޖް ދެކުނު ކޮރެއާގައި މެއި 23 ގައި އަދި އެމެރިކާގައި މެއި 30 ގައި ވިއްކަން ފަށާނެ ކަމަށް ސެމްސަންގުން ބުނެފައިވެއެވެ. އަދި ޗައިނާ އާއި ޔޫރަޕް ހިމެނޭ ގޮތަށް 30 ގައުމެއްގައި މި ފޯނު ނެރޭނެ ކަމަށްވެސް ބުނެފައިވެއެވެ. މިހާރު ވަނީ ފޯނަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ގެލެކްސީ އެސް 25 އެޖްގައި މަލްޓިމޯޑަލް އޭއައި ހިމެނޭ ގޮތަށް އޭއައި ފަންކްޝަންތައް ހިމެނިފައިވެއެވެ. މީގެ ސަބަބުން ކެމެރާ މެދުވެރިކޮށް ސުވާލުކުރުމާއެކު، ވިޝަން އަދި ވޮއިސް މެދުވެރިކޮށް ރިއަލްޓައިމްކޮށް ޑިވައިސްއާ އިންޓަރެކްޓް ކުރެވޭނެއެވެ.

ސެމްސަންގް ގެލެކްސީ އެސް 25 އެޖްގެ އެންމެ އަގުހެޔޮ މޮޑެލްގެ އަގަކީ 1,099 ޑޮލަރެވެ. އަދި 512ޖީބީ ސްޓޯރޭޖް ކޮންފިގަރޭޝަންގެ އަގަކީ 1,219 ޑޮލަރެވެ.

އައު ފޯނުގައި އެސް 25 ސީރީޒްގެ އެހެން ފޯނުތަކުގެ ސިފަތައް ވެސް ގިނައެވެ. މީގައި އެސް 25 އަލްޓްރާގެ 200 މެގަޕިކްސެލްގެ ވައިޑް ކެމެރާއާއި، އެސް 25 ޕްލަސްގެ 6.7 އިންޗީގެ ޑިސްޕްލޭ އަދި އެހެން ތިން އެސް 25 ޑިވައިސްގައިވެސް ހުރި ސްނެޕްޑްރެގަން 8 އެލީޓް ޕްރޮސެސަރ ހިމެނެއެވެ. ނަމަވެސް މިހުރިހާ ކަމެއް ހިމެނިފައިވަނީ 5.8 މިލިމީޓަރުގެ ޓައިޓޭނިއަމް ފްރޭމެއްގައި، 163 ގްރާމްގެ ބަރުދަނަކާއެކުގައެވެ.

މި ފޯނު ލިބެން ހުންނާނީ ތިން ކުލައެއްގައެވެ: ސިލްވަރ، ޖެޓް ބްލެކް އަދި އައިސީ ބްލޫ އެވެ.

އެސް 25 އެޖްގެ ބޯމިން ފުރަތަމަ ބެލުމުން މާ ބޮޑު ތަފާތެއް ނުފެނުނު ނަމަވެސް، ފޯނުގައި އަތް ލުމުން ތަފާތު އިހްސާސް ކުރެވޭކަމަށް ފޯން ދައްކާލަން ނިއުޔޯކްގައި ބޭއްވި އިވެންޓްގައި ބައިވެރިވި ނޫސްވެރިން ބުނެއެވެ. މިމޮޑެލްގެ އެހެން ފޯންތަކަށް ބަލާއިރު އެސް 25 ގެ ބޯމިނަކީ 7.2 މިލިމީޓަރު އަދި ބަރުދަނަކީ 162 ގްރާމެވެ. ނަމަވެސް އޭގައިވަނީ ކުޑަ 6.2 އިންޗީގެ ސްކްރީނެކެވެ. އެސް25 ޕްލަސްގައި އެޖް އެކޭ އެއްވަރުގެ 6.7 އިންޗީގެ ޑިސްޕްލޭއެއް ހުރި ނަމަވެސް، އޭގެ ބޯމިނަކީ 7.3 މިލިމީޓަރު އަދި ބަރުދަނަކީ 190 ގްރާމެވެ. މިއީ ފާހަގަކުރެވޭ ތަފާތެކެވެ. އެސް 25 އެޖްގެ ބޯމިނުގައި 5.8 މިލިމީޓަރު ހުރިއިރު ބަރުދަނަކީ 163 ގްރާމެވެ.

މީގައި ވަނީ ކޯނިންގ ގޮރިއްލާ ގްލާސް ސެރަމިކް 2 ޑިސްޕްލޭއެއް، އަދި ގޮރިއްލާ ގްލާސް ވިކްޓަސް 2 ފޯނުގެ ފަހަތުގައި ހިމަނާފައެވެ. ފޯން ކިތަންމެ ތުނިވި ނަމަވެސް އެސް25 އެޖް ފަހަތު ޖީބަށް ލީނަމަވެސް އެއްވެސް ގޮތަކަށް ފޯލްޑަބަލް ފޯނަކަށް ބަދަލުވެދާނެކަމުގެ ކަންބޮޑުވުމެއް ނެތްކަމަށް ސަމްސަންގުން ބުނެއެވެ. އެސް 25 އެޖް ފޯން ގައިވެސް އެހެން އެސް 25 ސީރީޒްގެ ފޯނުތަކެކޭ އެއްފަދައިން IP68 ރޭޓިންގ ހުރެއެވެ، މާނައަކީ ހިރަފުހާއި ފެނުން ރައްކާތެރިވެފައިވާކަމެވެ.

ގެލެކްސީ އެސް 25 އެޖް ނެރެފައި މިވަނީ ތުނި ފޯނުތަކުގެ ޓްރެންޑެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މިއަހަރުގެ ކުރީކޮޅު، އޮޕޯއިން ނެރުނު ސުޕަރ ތުނި ފައިންޑް އެން 5 ފޯލްޑަބަލް ފޯނަކީ "ދުނިޔޭގެ އެންމެ ތުނި ފޮތުގެ ސްޓައިލް ފޯލްޑަބަލް" ކަމަށް އެ ކުންފުނިން ބުނެއެވެ. މި ފޯނު ލައްޕާލާފައި އޮންނައިރު 8.93 މިލިމީޓަރު އަދި ހުޅުވާލާފައި ހުންނައިރު 4.21 މިލިމީޓަރުގެ ބޯމިނެއް ހުންނަ ކަމަށް ބުނެއެވެ. އެޕަލްއިން ވެސް އައިފޯން 17 ގެ ތުނި "އެއަރ" ވަރޝަނެއް ތައްޔާރުކުރަމުންދާ ކަމުގެ އަޑުތައް އިވެއެވެ. އަދި އެމްޑަބްލިއުސީ 2025 ގައި، ފޯނު އުފައްދާ ޓެކްނޯއިން ދައްކާލި ސްޕާކް ސްލިމް ފޯނުގެ ކޮންސެޕްޓްގެ ބޯމިނަކީ 5.75 މިލިމީޓަރު ކަމަށާއި، ބަރުދަނަކީ 146 ގްރާމް ކަމަށް އެ ކުންފުނިން ބުނެއެވެ.

ސީއެންއެން ސަރވޭއަކުން ދައްކާގޮތުން ފޯނެއް ގަތުމުގައި އެންމެ މުހިންމު ތިން ކަމެއްކަމަށްވާ ކެމެރާ، ސްޓޯރޭޖް އަދި ބެޓެރީގެ ފެންވަރު ދަށްނުވާނަމަ، މީހުން އައު ފޯމް ފެކްޓަރއަކަށް ފައިސާ ޚަރަދުކުރަން ޝައުގުވެރިވެދާނެއެވެ. އެއީ މަދު ފޯލްޑަބަލް އޮޕްޝަންތަކެއް ފިޔަވައި، ފޯނުތައް ވަނީ ވަރަށް އެއްގޮތް، އެއްބްރޭންޑް އަނެއް ބްރޭންޑާއި މާބޮޑު ތަފާތެއް ނެތް އެއްޗަކަށް ވެފައެވެ. އެސް 25 އެޖްއަކީ އާ ވައިބެއް ގެނެސްދޭނެ އެއްޗަކަށް ވެދާނެ ކަމަށް ގިނަ ތަޖުރިބާކާރުން ދެކެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0